ފުވައްމުލައް

ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ފުވައްމުލަކަށް ވަޑައިގެންފި އެވެ.

ނަޝީދު ފުވައްްމުލަކަށް ވަޑައިގަތީ ގއ. އަދި ގދ. އަށް ކުރެއްވި ދަތުރުފުޅަށްފަހު އެވެ. ރައީސް ނަޝީދު އެ ދެ އަތޮޅަށް ވަޑައިގަތީ "ދެކުނު މަހާސިންތާ 2019" ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް ނަޝީދު ވަނީ "ދެކުނު މަހާސިންތާ 2019" ގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި އަދި ގއ، ގދ އަތޮޅު ކައުންސިލް މެންބަރުންނާއިވެ ސް ވަކިވަކިން ބައްދަލު ކުރައްވާފަ އެވެ.

މީގެ އިތުުރުން ގއ. ވިލިނގިލީގައި އަލަށް އިމާރާތްކުރާ އިންޖީނުގޭޭގެ ބިންގާ ވެސް އެމަނިކުފާނު ވަނީ އަޅުއްވައި ދެއްވާފައެވެ. "ދެކުނު މަހާސިންތާ 2019" ކުރިއަށް ގެންގޮސްފައިވަނީ ވިލިނގިލީގަ އެވެ.

އޭގެ ކުރިން ނަޝީދު ވަނީ ގދ. ތިނަދޫއަށް ވެސް ވަޑައިގެންފަ އެވެ.

ރައީސް ނަޝީދު މިއަދު ފުވައްމުލަކަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ. ކުރިއަށް އޮތް އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފަ އެވެ. އެހެންކަމުން ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅަކީ އެމްޑީޕީގެ އާންމު މެންބަރުންނާއި ބައްދަލު ކުރައްވާ އެ މެންބަރުންގެ ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.