ރައީސް މުހައްމަދު ނަޝީދު

ނަޝީދު ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގެންފި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކަށް ވަޑައިގަތުމަށް ފްލައިޓަށް އަރާވަޑައިގަންނަވަނީ
0%
0%
0%

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ ޑިސެމްބަރު މަހު އުތުރުގެ ތިން އަތޮޅުގެ ނުވަ ރަށަކަށް ޒިޔާރަތްކުރައްވާފަ އެވެ. އަދި ރައީސް ނަޝީދު ދަނީ މާލޭގައިވެސް ކެމްޕޭން ޖަލްސާތައް ބާއްވަވަމުންނެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ސަރުކާރުގެ ވައުދުތައް ފުއްދިފައިނުވާ ކަމަށާއި އެމްޑީޕީގެ ޕާޓީ ދަފްތަރުން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އުނިކޮށްފައިވާ ކަމަށް ނަޝީދު ވަނީ ތުހުމަތުކުރައްވާފަ އެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން 39،000 މެންބަރުން ކަނޑާލީ ވަގަށް ކަމަށެވެ. އެމީހުންނާ އެކު އެ މީހުންގެ ބަސް އަޑުއަހާނެ ޖުމްލަ 70،000 މެންބަރުންގެ ވޯޓު ސަރުކާރަށް ގެއްލިގެންދާނެ ކަމަށާއި އެއީ ސަރުކާރުން ހިންގި މުޑުދާރު އަމަލުގެ ނަތީޖާ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ނަޝީދު ވަނީ ޕްރައިމަރީ އިން އެމަނިކުފާނު ބަލިވާތަން ނުފެންނަ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011