ވިޔަފާރި

ފްލައިމީއަށް އާ ބޯޓެއް ހޯދައިފި

ވިލާ އެއާގެ ފްލައިމީގެ ފްލީޓަށް އާ ބޯޓެއް ގަނެފި އެވެ.

ފްލައިމީ ހިންގާ ވިލާ އެއާއިން ބުނީ އޭޓީއާރު 066-72 މަރުކާގެ މަތިންދާ ބޯޓެއް އެ ކުންފުނިން ގަނެފައިވާ ކަމަށެވެ. އަދި މި ފެށޭ ހަފުތާގައި ފްލައިމީގެ ފްލީޓަށް އިތުުރުވާ އާ ބޯޓް ރާއްޖެ ގެންނާނެ ކަމަށެވެ.

ފްލައިމީއަށް އަލަށް ގަތް ބޯޓްގެ އަގު 20 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ވިލާ އެއާއިން ބުނީ އާ ބޯޓާއެކު އެ އެއާލައިންގެ ދަތުރުތައް ފުޅާ ކުރަން ގަސްތު ކުރާ ކަމަށެވެ. އެގޮތުން މިހާރު އެ އެއާލައިންއިން އުދުހޭ މަންޒިލްތައް އިތުރު ކުރަން ވަނީ ނިންމާފައެވެ.

އޭގެ ތެރޭގައި އދ. މާމިގިލީގެ އިތުރުން ބ. ދަރަވަންދޫގެ އިތުރުން ރ. އަތޮޅާއި ނ. އަތޮޅަށްވެސް ދަތުރު ކުރުމުގެ ހުއްދަ ހޯދަން ވަނީ ނިންމާފަ އެވެ.