ޝައިހް އިލްޔާސް ހުސައިން

އިސްލާމީ ވަހުދަތާ، ސިޔާދަތަށް އޮޅުން އަރުވާ އެންމެންނަށް ފިޔަވަޅު އަޅުއްވާ: އިލްޔާސް

ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތާ، ސިޔާދަތަށް އޮޅުން އަރާ ފަދަ ކަންކަން ކުރާ ހުރިހާ އެންމެންނަށް ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ރައީސުލްޖުމްހޫރިއްޔާއާ، މަޖިލީސް މެންބަރުންނާއި، ސަލާމަތީ ބާރުތަކަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހު އިލްޔާސް ހުސައިން ގޮވާލައްވައިފި އެވެ.

އިލްޔާސް މިކަމަށް ގޮވާލެއްވީ "ލޮބުވެތި ނަބިއްޔާ" ގެ ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ދަރުސްގެ ތެރެއިންނެވެ.

އިލްޔާސް ވިދާޅުވީ ކީރިތި ރަސޫލާގެ މާތް ޝަހުސިއްޔަތަށް ފުރައްސާރަކޮށް، އިސްލާމްދީނާ އެ ދީނުގެ ޝިއާރުތަކަށް ގޮންޖަހާ ވާހަކަ ދައްކާ ހަދައިފިި ކޮންމެ މީހަކީ ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތާ، ސިޔާދަތަށް އޮޅުން ގެނައުމަށް މަސައްކަތް ކުރާ މީހެއް ކަމަށެވެ. އެހެން ކަމުން އެފަދަ މީހުންނަށް ހައްގު އަދަބު ދޭން އިލްޔާސް ގޮވާލެއްވި އެވެ.

"އެހެންކަމުން އަޅުގަނޑު މި ފުރުސަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާ، ނާއިބު ރައީސަށާ، އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށާ... އެ މަޖިލީސް އިއްޒަތްތެރީ އެހެންވީމަ އަޅުގަނޑު އެ ގޮތަށް ކިޔާނީ، މާފުކުރައްވާތީ އެ މަޖިލީސް އިއްޒަތްތެރީ، މީހަކު އިއްޒަތްތެރިއެއް ނުވާނެ... ތިޔަ ބޭފުޅުން ތިޔަ ކުރައްވައިގެން ތިއްބެވި ހުވާ މަތިން ހަނދުމަފުޅު ނައްތާ ނުލައްވާށޭ." އޭނާ ވިދާޅުވި އެވެ.

"މި ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތާ އިސްލާމީ ސިޔާދަތު ރައްކާތެރި ކުރައްވާށޭ. މުސްލިމަކު ނޭދެވޭ ކަމެއް ނުކުރާނެ. މުސްލިމުންގެ ބޮލުގައި އިލްޒާމް އަޅުވަން ވެގެން މިތާގައި ހަނގުރާމަ ހިނގާނޭ... އެފަދަ މީހުންނަށް އަޅުގަނޑުމެން އެބަޖެހޭ ޝަޒާ ދޭން. އެމީހުންނާ ދޭތެރޭ ޖެހޭ ފިޔަވަޅު އަޅަން. އެހެންވީމަ އަޅުގަނޑު އެންމެ ލޯބިވާ އެންމެ ގަދަރުކުރާ ދިވެހި ސިފައިންނާ ފުލުހުންނަށް ދަންނަވާލާނީ މި ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތާ، ސިޔާދަތަށް އޮޅުންއަރުވާ ކޮންމެ ބަޔަކާމެދު ފިޔަވަޅު އަޅުއްވާށޭ. ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަންޖެހޭނޭ. އެއީ މިގައުމުގެ ސަލާމަތަށްޓަކައި. ސަބަބަކީ ﷲ ގެ ޝަޒާ އަތުވެއްޖެނަމަ އަޅުގަނޑުމެންނަށް ނެތް އެއްވެސް ގޮތެއް."

އިލްޔާސް ވިދާޅުވީ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ދައްކަން ބަޔަކު ކިތަންމެ މަސައްކަތް ކުރި ނަމަވެސް އެކަން އެހެން ނުވާނެ ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ޝަހުސިއްޔަތަށް އުނިކަން ގެނައުމަށް ކުރާ މަސައްކަތް ވެސް މިދިވެހި ފަސްގަނޑުގައި ކާމިޔާބު ނުވާނެ ކަމަށެވެ.

"ތިޔަ ލޮބުވެތި އަޚުންނާ އުޚުތުންގެ ކުރިމަތީގައި މާތްﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ، އަޅުގަނޑު އިސްލާމްދީނުގައި އޮންނަ ގޮތް ބުނެދީގެން އަޅުގަނޑު ޓެރަރިސްޓަކަށް ހަދައިގެން އަޅުގަނޑު މަރާލިޔަސް ޒައްރެއްގެ މިންވަރުވެސް ފަރުވާލެއް ނެތް. އެކަމަށް ޖެހިލުމެއްވެސް، އެއްވެސް މައްސަލައެއް ވެސް ނެތް،"

އީސުލްޖުމްހޫރިއްޔާއަށާ، ނާއިބު ރައީސަށާ، އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ދަންނަވާލަން ތިޔަ ބޭފުޅުން ތިޔަ ކުރައްވައިގެން ތިއްބެވި ހުވާ މަތިން ހަނދުމަފުޅު ނައްތާ ނުލައްވާށޭ. ރާއްޖޭގައި އިސްލާމީ ވަހުދަތާ އިސްލާމީ ސިޔާދަތު ރައްކާތެރި ކުރައްވާށޭ. މުސްލިމަކު ނޭދެވޭ ކަމެއް ނުކުރާނެ. މުސްލިމުންގެ ބޮލުގައި އިލްޒާމް އަޅުވަން ވެގެން މިތާގައި ހަނގުރާމަ ހިނގާނޭ... އެފަދަ މީހުންނަށް އަޅުގަނޑުމެން އެބަޖެހޭ ޝަޒާ ދޭން. އެމީހުންނާ ދޭތެރޭ ޖެހޭ ފިޔަވަޅު އަޅަން. އެހެންވީމަ އަޅުގަނޑު އެންމެ ލޯބިވާ އެންމެ ގަދަރުކުރާ ދިވެހި ސިފައިންނާ ފުލުހުންނަށް ދަންނަވާލާނީ މި ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތާ، ސިޔާދަތަށް އޮޅުންއަރުވާ ކޮންމެ ބަޔަކާމެދު ފިޔަވަޅު އަޅުއްވާށޭ.
އިލްޔާސް ހުސައިން | ދީނީ އިލްމުވެރިއެއް

ރޭގެ ދަރުސްގައި ޝައިހު ވަނީ ހަމަނުޖެހުން އުފެދޭނެ އެއްވެސް ކަމެއް ނުކުރަން އިލްތިމާސް ކުރައްވާ އެއީ މުސްލިމުންގެ ގޮތް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މުސްލިމުންނަށް އޮތީ ބަޔަކު ގޯސްކޮށް ކަމެއް ކުރުމުން އެކަމާ ދެކޮޅު ހަދާ އެކަންކަމަށް ފިޔަވަޅު އެޅުމަށް ގައުމުގެ އެންމެ އިސްވެރިޔާއަށް ގޮވާލުން ކަމަށާ ދިވެހިންގެ އަޑު ރައީސް އައްސަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.