ހަބަރު

ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލް އަޅަން 141 މިލިއަން ރުފިޔާ

Nov 4, 2019
1
ކުޅުދުއްފުށީ ހޮސްޕިޓަލް --
0%
0%
0%

ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ގޮތުން ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަރަށް ލަފާކޮށް އެކުލަވައިލި ބަޖެޓުގައިވާ ގޮތުން ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް 4.1 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަން 51 މިލިއަން ރުފިޔާ ހަރަދު ކުރުމަށާއި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލެއް އަޅަން 90 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި އެކި ރަށްރަށުގައި ސިއްހީ ތަންތަން ތަރައްގީ ކުރުމާއި ހިދުމަތްތައް ފުޅާ ކުރުމަށް ބޭނުންވާ ބަދަލުތައް ގެންނަން 184 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ސިއްހީ ދާއިރާއަށް ރިކަރަންޓު ހަރަދުގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ހަރަދު ކުރަން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެއީ މެޑިކަލް ކޮންސިއުމަބަލްއަށް އެ އަދަދުގެ 21 ޕަސަންޓާއި މުއައްޒަފުންނަށް ހިނގާ ހަރަދުގެ ގޮތުގައި 60 ޕަސަންޓު ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި އެހެނިހެން ރިކަރަންޓަށް 19 ޕަސަންޓު ހަރަދުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345