ކުޅިވަރު

ގޯމޭޒްއަށް ބޮޑު އަނިޔާއެއް، ސަން މާޔޫސްވެއްޖެ

އެވަންޓަން އާއި ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުގައި، އެވަޓަންގެ އެންޑްރޭ ގޯމޭޒް އަށް ސްޕާސްގެ ސަން ހިއުންގް މިން ކުރި ޓެކުލާއެކު ގޯމޭޒްއަށް ބޮޑު ކުރި މަތިވުމުން ސަން އަށް ހިތްދަތި ކަން ކުރިމަތިވެއްޖެ އެވެ.

މެޗުގެ 79 ވަނަ މިނެޓްގައި އެންޑްރޭ ގޯމޭޒް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ފަހަތުން ޓެކުލްކޮށް ވައްޓާލާފަ އެވެ. އެ ޓެކުލާއެކު ގޯމޭޒް އަށް ބޮޑު އަނިޔާވުމުން ސަންއަށް މާޔޫސްކަން ކުރިމަތިވި އެވެ. އެ ފައުލާ ގުޅިގެން ރެފްރީ މާޓިން އަޓްކިންސަން އެންމެ ފުރަތަމަ ދެއްކީ ރަތް ކާޑެކެވެ. ފަހުން ވީއޭރު ރިވިއު އަށް ފަހު ރަތް ކާޑަކަށް ބަދަލު ކުރި އެވެ.

ސަން ދަނޑުން ފައިބައިގެން އައި މޫނުމަތީގައި އޮތްއަޅައިގެން ރޮމުން ރޮމުންނެވެ. ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓީނޯ ވަނީ ސަންއަށް ކުރިމަތިވި މާޔޫސްކަން ބަދަލު ކުރުމަށް އެވަޓަންގެ ކުޅުންތެރިންނާއި އެ ޓީމުގެ ކެޕްޓަން ޝެމަސް ކޮލްމަން ކުރި މަސައްކަތް ފާހަގަ ކޮށްފަ އެވެ. ކޮލްމަން ވަނީ ސަން ކައިރއަށް އޭނާ އާ ވާހަކަ ދައްކާފަ އެވެ.

ޓޮޓެންހަމްގެ ލަނޑު ޑެލީ އަލީ ކާމިޔާބު ކުރީ ސަން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޓޮޓެންހަމްގެ އެއް ކުޅުންތެރިޔަކު މަދުވުމުންވެސް އެވަޓަންއަށް ފައިދާއެއް ނުނެނގުނެވެ. އެހެންނަމަވެސް މެޗުގެ ފަހު ކޮޅު ޓޫސަން ކާމިޔާބު ކުރި ލަނޑު މެޗުން ބަލިވުމުން ސަލާމަތް ކޮށްދިނެވެ.