ދުނިޔެ

އެމެރިކާގެ ރިޕޯޓް އޮތް ގޮތުން މަޝްވަރާއަށް ބުރޫ އަރާނެ

ޓެރަރިސްޓު ޖަމާއަތްތަކަށް ފަންޑުކުރާ ގައުމުތަށް ކަމަށްބުނެ އެމެރިކާއިން ނެރެފައިވާ ރިޕޯޓުގައި އުތުރު ކޮރެއާ ހިމެނިފައިވާތީ އެގައުމުން އެކަމާ ކަންބޮޑުވުން ފައުޅު ކޮށްފި އެވެ. އެމެރިކާގެ ރިޕޯޓަށް ކަންބޮޑުވުން ފައުޅު ކުރައްވާ އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމެން ވިދާޅުވީ، އެމެރިކާ ރިޕޯޓުގެ ސަބަބުން އުތުރު ކޮރެއާއިން ކުރިއަށް ގެންދަން ނިއުކިލިއާ ޕްރޮގްރާމަތަށް ހުއްޓާލުމާ ގުޅޭ ގޮތުން އިތުރު ވިސްނުމަކަށް ދާން ޖެހޭނެ ކަމަށެވެ.

އުތުރު ކޮރެއާގެ ރައީސް ކިމް ޖޯންއުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މިދިޔަ އޮކްޓޫބަރު މަހު ނިއުކިލިއާ ޕްރޮގްރާމަތަށް ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު ކުރިއަށް ދިޔަ ބައްދަލުވުމުން ނަތިއްޖާއަކަށް ނުދެވުމުގެ ސަބަބުން ނަތިއްޖާއަކަށް ދިޔުމުގެ ގޮތުން ބޭއްވި ބައްދަލުވުމެވެ.

އެމެރިކާއިން ވަނީ އުތުރު ކޮރެއާއަށް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މީގެ އިތުރުން އދއިން ވެސް ވަނީ އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ފިޔަވަޅުތަކުން އުތުރު ކޮރެއާ ސަލާމަތްވާނީ، ނިއުކިލިއާ އާއި މިސައިލް ޕްރޮގްރާމްތަށް ހުއްޓާލައިގެންނެވެ. ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާގެ އިގްތިސޯދީ ދަނީ ބޮޑުތަނުން ދަށްވަމުންނެވެ.

އެމެރިކާގެ ރިޕޯޓަށް އިތުރަށް ފާޑު ވިދާޅުވަމުން އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމެން ވިދާޅުވީ، ނިއުކިލިއާ މައްސަލައިގައި ސުލްހަވެރި ހައްލައަކަށް އެމެރިކާއެކު ދެވޭ ކޮންމެ ފަހަރަކު އެމެރިކާއިން މިފަދަ ރިޕޯޓެއް ނެރެއި މަސްލަހަތު ނަގާލާ ކަމަށެވެ. އަދި ވިދާޅުވީ، އުތުރު ކޮރެއާ އާއި އެމެރިކާގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލި ލިބިފައިނުވަނީ ވެސް އެމެރިކާ ކަންތައް ކުރާ ގޮތުން ކަމަށެވެ.