ހަބަރު

އިންޑިއާއިން ދިވެހި ސިފައިންނަށް ގިނަ އަދަދެއްގެ ވަޒަން ހަދިޔާކޮށްފި

އިންޑިއާ ސިފައިން ދިވެހި ސިފައިންނަށް ގިނަ އަދަދެއްގެ ވަޒަން ހަދިޔާކޮށްފި އެވެ.

މިއަދު އިންޑިއާ ނޭވީގެ އެންމެ ބޮޑު ކޯސްޓްގާޑު އުޅަނދުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާ ސިފައިންނަށް ހަދިޔާކުރި ވަޒަންތަކާ ހަވާލުވެ ވަޑައިގެންނެވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ. އިންޑިއާ ސިފައިންގެ ފަރާތުން ވަޒަންތަށް ހަވާލު ކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ސަންޖޭ ސުދީރެވެ.

އިންޑިއާއިން ގެންދަނީ ދިވެހި އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީވަމުންނެވެ. ޅ. މާފިލާފުށީފައި ހަނދަމުން ސިފައިންގެ ތަމްރީނީ މަރުކަޒު ނިންމަން ބޮޑު އެހީއެއް ދީފައި ވެއެވެ.