މާރިޔާ އަހުމަދު ދީދީ

މާލީގޮތުން ޓެރަރިޒަމަށް ވާގިވެރިވުން ހުއްޓުވަން ދުނިޔޭގެ އެހީ ބޭނުން: މާރިޔާ

މާލީ ގޮތުން ޓެރަރިޒަމަށް ވާގި ދޭ ދޮރުތައް ބަންދު ކުރުމައި ބައިނަލްއަގްވާމީ އެއްބާރުލުން ބޭނުންވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ "ނޯ މަނީ ފޯ ޓެރާ - މިނިސްޓީރިއަލް ކޮންފެރެންސް އޮން ކައުންޓާ ޓެރަރިޒަމް ފައިނޭންސިން" ގައި މިއަދު ތަގުރީރު ކުރައްވަމުންނެވެ. ކޮންފަރެންސް ކުރިޔަށް ދަނީ އޮސްޓްރޭލިޔާގެ މެލްބަންގަ އެވެ. އިއްޔެ ފެށި އެ ކޮންފަރެންސް މާދަމާގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.

ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން، ޓެރަރިޒަމާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް ޕޮލިސީ" އާ ގުޅޭގޮތުން މިިނިސްޓަރު މާރިއާ ވާހަކަފުޅު ދެއްކެވި އެވެ. އަދި މާލީގޮތުން ޓެރަރިޒަމަށް ވާގި ދިނުން ހުއްޓުވުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.