މޯލްޑިވްސް ކަސްޓަމްސް ސާވިސް

ދެ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި އެ ގައުމުގެ ރައްޔިތެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ ރާއްޖެ އައި އުމުރުން 28 އަހަރުގެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާގެ ލަގެޖްގެ ތެރެއިން ޖުމްލަ 2339 އެމްފެޓަމިން ގުޅަ ފެނިފައިވާ ކަމަށް ކަސްޓަމުން ބުނެއެވެ.

އެ ތަކެތީގެ މަގުމަތީ އަގު 2،33،900 ރުފިޔާއަށް އަރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިމައްސަލައިގަައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުނެ އެވެ.