ވިމެން އިން ޓެކްގެ ފަރާތުން އިންތިޒާމްކުރި ސްޓެމް ފެސްޓް 2019 ފަށައިފި އެވެ.
ސްޓެމް ފެސްޓް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
މިއަދާއި މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި ކުރިޔަށްގެންދާ ސްޓެމް ފެސްޓަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތެމެޓިކްސްގެ ދާއިރާއިން އުފެއްދުންތައް ދައްކާލުމަށް ކުރިޔަށްގެންދާ ފެސްޓިވަލެކެވެ.
މި ފެސްޓިވަލްގައި 20 ފަރާތަކުން ސްޓޯލް ހުޅުވާފައިވެއެވެ.
މިއަދު މެންދުރުފަހު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި ފެށި ސްޓެމް ފެސްޓްގައި ހުޅުވާފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްޓޯލްތަކުގައި ދައްކާލަން ބަހައްޓާފައިހުރި ގެޖެޓްތަކާއި ޚިދުމަތްތަކުގެ މައުލޫމާތު ހޯއްދަވާފަ އެވެ.