މީޑިއާނެޓް

ނިކް ޖޫނިއާގެ މާޗަންޑައިޒް މީޑިއާނެޓުން

ނިކް ޖޫނިއާގެ އޮރިޖިނަލް މާޗަންޑައިޒް މީޑިއާނެޓުން ރާއްޖެ އަށް ތައާރަފް ކޮށްފި އެވެ.

މީޑިއާނެޓުގެ ފްރަންޓް އޮފީހުން ލިބޭގޮތަށް ނިކް ޖޫނިއާގެ އޮރިޖިނަލް މާޗަންޑައިޒް ތައާރަފް ކުރީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ. މީގެ ތެރޭގައި ނިކް ޖޫނިއާ އިން ދައްކާ ކުޑަކުދިންގެ މަގުބޫލު ކާޓޫނުތައް ކަމަށްވާ ޕޯ ޕެޓްރޯލް އާއި ޝިމާ އެންްޑް ޝައިންގެ ލަންޗް ބޮކްސް އާއި ލަންޗް ބޭގް އަދި ބެކް ޕެކް ހިމެނެ އެވެ. އަދި، އެ ކާޓޫނުތަކުގެ ޕެންސިލް ކޭސް އާއި ފެންފުޅި ފަދަ ތަފާތު އެއްޗެހި ހިމެނެ އެވެ.

މިކަމާ ގުޅޭ ގޮތުން މަައުލޫމާތު ދެމުން މީޑިއާނެޓުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އެންމެ ކަމުދާ ޗެނަލްތަކާއި ޝޯތަކުގެ އޮރިޖިނަލް މާޗަންޑައިޒް މުސްތަގުބަލުގައި ފޯރުކޮށްދިނުން ކަމަށެވެ. އަދި އާ މާޗަންޑައިޒްތަައް ތައާރަފް ކުރާނެ ކަމަށެވެ.

މީޑިއާނެޓުންވަނީ މިދިޔަ ހަފްތާގައި ނިކް ޖޫނިއާ އެޗްޑީކޮށްފަ އެވެ.