އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި ސިޓީއެއް ކަމަށްވާ އަޔޯދިއާގެ ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދޭން އިންޑިއާގެ ސްޕްރީމް ކޯޓް ހުކުމްކޮށްފި އެވެ.
ބާބްރީ ހުރި މިސްކިތަކީ 16 ގަރުނު ވަންދެން މުސްލިމުންގެ ބޭނުމަށް ދޫކޮށްފައިވާ ބިމެކެވެ. ސުޕްރީމް ކޯޓުން ބާބްރީ މިސްކިތް ހުރި ސަރަހައްދު ހިންދޫންނަށް ދޭން ނިންމީ އެކަމަށް އެދި ހިންދޫން ސަރުކާރުގައި އެދެމުންދާތާ އަހަރުތަކެއް ވެފައި ވަނިކޮށެވެ. ހިންދޫން ބޭނުންވަނީ ބާބްރީ މިސްކިތް ހުރި ބިމުގައި ފައްޅި އެއް އެޅުމަށެވެ. ބާބްރީ މިސްކިތް ހުރި ބިން ހިންދޫނަށް ލިބުމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ނިސްބަތްވާ ޕާޓީ ބާރަތިޔާ ޖަނާތާ ޕާޓީން ދަނީ އެއީ ކާމިޔާބީ އެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ބާބްރީ މިސްކިތް ހުރި ސަރަހައްދު ހިންދޫންނަށް ދޫކުރީ އެސަރަހައްދުން ފަސް އޭކަރުގެ ބިމެއް މިސްކިތެއް އަޅަން ދޭ ގޮތަށް ޝަރުތު ކުރުމަށްފަހު އެވެ. އުއްތަރް ޕްރަދޭޝްގެ މުސްލިމުން ބުނަމުންދަނީ އެމީހުން ބާބްރީ މިސްކިތުގައި ނަމާދު ކުރަމުން އަންނަތާ އެތަކެއް ގަރުނެ ވެފައިވާތީ އެއީ މުސްލިމުންގެ ބިމެއް ކަމަށެވެ. ނަމަވެސް ހިންދޫން ބުނަމުންދަނީ އެއީ އެމީހުންގެ ކަލާނގެއް އުފަންތި ތަނެއް ކަމަށެވެ. ކޯޓުން ހުކުމް ކުރީ ވެސް ހިންދޫން ކޮޅަށް ބުރެވެ ކަމަށް ގިނަ މުސްލިމުން ދަނީ ބުނަމުންނެވެ.
މީގެ 27 އަހަރު ކުރިން ހިންދޫން ވަނީ ބާބްރީ މިސްކިތަށް ވަރަށް ބޮޑަށް ގެއްލުން ވެސް ދީފަ އެވެ. ފަހުން ވަނީ އެ މިސްކިތް އެއްކޮށް ތަޅާ ބިމާ ހަމަކޮށްފަ އެވެ. އެއަށްފަހު ހިންދޫން ދިޔައީ އެތަނުގައި ބުދެއް ބެހެއްޓުމަށްފަހު އަޅުކަން ކުރަމުންނެވެ.