މަގުމަތީގެ އެކްސިޑެންޓް

ލައިސަންސް ހިފަހައްޓާފައިވާ ދެ ބިދޭސީއަކު ދުއްވި ދެ ވެހިކަލެއްޖެހި ގެއްލުން

Nov 11, 2019
2

ކުރިން ލައިސަންސް ހިފަހައްޓާފައިވާ ދެ ބިދޭސީއަކު ދުއްވި ދެ ޕިކަޕަކާއި އިތުރު ޕިކަޕެއް ޖެހި، އެ ތިން ޕިކަޕަށާއި ދެ ސައިކަލަކަށް ގެއްލުން ލިބިއްޖެ އެވެ. އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފުލުހުން ބުނީ ހުުޅުމާލޭ، ހުވަނދުމާ ހިނގުމުގައި މަޑުކޮށްގެން އޮތް ޕިކަޕެއްގެ ފަހަތުން ދުއްވި ޕިކަޕެއް ބާރު ސްޕީޑްގައި ގޮސް ޖެހިފައިވާ ކަމަށާއި އަދި އެ ޕިކަޕްގެ ކުރީގައި އޮތް ތިންވަނަ ޕިކަޕެއްގައި ޖެހި ތިން ޕިކަޕަށާއި ދެ ސައިކަލަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 4:00 ޖެހި އިރު ހިނގި މި އެކްސިޑެންޓްގައި ފަހަތުގައި އޮތް ދެ ޕިކަޕް ދުއްވަން ތިބި ދެ ޑްރައިވަރުނަކީ ބަންގްލަދޭޝްގެ ދެ މީހެކެވެ. އަދި އެ ދެ މީހުންނަކީ މީގެ ކުރިން އެހެން މައްސަލައެއްގައި ލައިސަންސް ހިފަހައްޓާފައިވާ ދެ މީހުންނެވެ.

މި އެކްސިޑެންޓް ހިނގީ އެންމެ ފަހަތުގައި އޮތް ޕިކަޕް ބާރު ސްޕީޑްގައި ދުއްވާފައި ގޮސް ކޮންޓްރޯލް ނުކުރެވި ޖެހިގެނެވެ.