ޖުމްހޫރީ ދުވަސް

މިއަދުވެސް ފެންނަނީ ވެރިން އިންސާފަށް ހުރަސްއަޅާ މަންޒަރު: ޖަމީލް

މިއަދު ވެސް ފެންނަނީ ވެރިން އިންސާފަށް ހުރަސް އަޅާ މަންޒަރު ކަމަށާ ހަގީގީ ޖުމްހޫރީ ވެރިކަމުގެ ސިފަތައް ފެންނަމުން ނުދާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހާއި ގުޅިގެން ތަހުނިޔާ ފޮނުއްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ދުވަސް މިއަދު ފާހަގަ ކުރަނީ އަދިވެސް އެންމެ ފުރަތަމަ ކުރި އިހްސާސްތަކާ އެކުގައި ކަމަށެވެ. މިއަދުވެސް ފެންނަމުން ދަނީ ވެރިން އިންސާފަށް ހުރަސް އަޅައި، ކޮރަޕްޝަނުން ރައްޔިތުންގެ މުއްސަނދިކަން ލޫޓުވައި، ބޮޑުން ބޮޑާވެ ނިކަމެތިންގެ މައްޗަށް ބާރު ދައްކާލަމުންދާ މަންޒަރު ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މިއަދުވެސް ވެރިން އިންސާފަށް ހުރަސް އަޅައި، ކޮރަޕްޝަނުން ރައްޔިތުންގެ މުއްސަނދިކަން ލޫޓުވައި އަދި ބޮޑުން ބޮޑާވެ ނިކަމެތިންގެ މައްޗަށް ބާރު ދައްކާލަނީ. ތަހްޒީބް މުޖުތަމައުއެއް އަދިވެސް ނުލިބޭ،" ޖަމީލު ވިދާޅުވި އެވެ.