އެމްއެންޑީއެފް

ބޭރުގެ ދެ ބޯޓެއް ހިފަހައްޓައިފި

Nov 11, 2019
1
ސިފައިން ހިފަހައްޓާފައިވާ ދެ ބޯޓް އުލިމަގު ބޭރުގައި -- ފޮޓޯ: އެމްއެންޑީއެފް
0%
0%
0%

އިންޑިއާގެ ދިދަ ޖަހައިގެން ރާއްޖެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅުނު ދެ މަސް ބޯޓެއް ދިވެހި ސިފައިން ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 29 މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު ބޭރުގެ ދެ ބޯޓެއް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ ދެ ބޯޓް މިހާރު އޮތީ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން އުލިގަމުގެ ބޭރުގައި ބަނދަރު ކުރުވާފަ އެވެ.

އާޒިމް ވިދާޅުވީ ދެ ބޯޓުގެ ތެރެއިން އެއް ބޯޓްގައި ނުވަ މީހަކު އަދި އަނެއް ބޯޓްގައި 10 މީހުން ތިބި ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ބޯޓުގެ މައްސަލާގައި ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345