ބޭންކް އޮފް މޯލްޑިވްސް

ބޮޑު ހިޔާނާތާ ގުޅޭ ފޮރެންސިކް އޮޑިޓެއް ބީއެމްއެލްއިން ކުރަނީ

Nov 11, 2019
1

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތެރޭ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހިނގާ ދިޔަ މުޢާމަލާތްތަކާ ގުޅޭ ގޮތުން ރާއްޖެއިން ބޭރުގެ މިނިވަން އިދާރާ އެއް މެދުވެރިކޮށް ފުރިހަމަ އޮޑިޓް އެއް ކުރިޔަށް ގެންދިއުމަށް އެ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ގޮތަށް ނިންމީ ނުގަވައިދުުން އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ތަކުރާރުކޮށް އެ ބޭންކުން ބުނެފައި ވަނިކޮށް އަދިި މިހާތަނަށް ކޮށްފައިވާ ތަފާތު އޮޑިޓް ތަކުންވެސް ބޭންކުގެ އިހުމާލެއް އޮތްކަމަށް ފާހަަގަ ނުވާތީ އަދި އެމްއެމްޕީއާރްސީ ގެ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާތޫ ބޭންކާ އަދި ގުޅުންހުރި އެންމެހާ ފަރާތްތަކެއްގެ މަސްލަހަތަށް ކަމަށެވެ.

ބީއެމްލް އިން ބުނީ ރާއްޖެއިން ބޭރުގެ ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ޑެލޮއިޓް ސިންގަޕޯ އާ ގުޅިގެން ބޭންކުގެ ފޮޮރެންސިކް އޮޑިޓެއް ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.

ޑެލޮއިޓް ސިންގަޕޯ އަކީ އޮޓިޑް އަދި މާލީ ދާއިރާއިން 150 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބުފައިވާ ކުންފުންޏެކެވެ.

ބޭންކުން ބުނީ ޑެލޮއިޓް ސިންގަޕޯ އިން އެމްއެމްޕީއާރްސީ އަދި އެސްއޯއެފް އާ ދެމުދު ހިނގާފައިވާ ހުރިހާ މުއާމަލާތްތަކާއި، ޓްރާންސެކްޝަންސް އަދި އެންޑޯސް ކުރި ޗެކްތަކުގެެ އިތުރުން މި މުޢާމަލާތްތައް ކުރެވުނު މުއްދަތުގައި ބޭންކުގެ ރިޕޯޓިން އަދި ކޮންޓްރޯލް ޕްރޮސީޖާ ބަލާނެ ކަމަށެވެ.

އަދި ބޭންކުގައި މިހާރު އަމަލު ކުރަމުންދާ ޕޮލިސީތަކާއި ޕްރޮސީޖަތަކާއި ރިސްކް މެނޭޖް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި، ބޭންކުން އަމަލު ކުރަނީ ބައިނަލް އަގުވާމީ މިންގަޑުތަކާއި އެއްގޮަތަށްތޯ ބަަލައި މިނިވަން އޮޑިޓެއްކުރާނެ އެވެ.


ބީއެމްއެލުން ބުނީ އެ ބޭންކުގެ މި ނިންމުމުން ދައްކުވައިދެނީ ދާދި ފަހުން އެކުލަވައިލެވިނު ބޭންކުގެ ބޯޑާއި އަލަށް އައްޔަން ކުރި ސީއީއޯގެ އަމާޒަކީ އެ ބޭންކަކީ އިތުބާރު ކުރެވޭ ނަޒާހަތްތެރިކަން ފުރިހަމަ ގޮތުގައި ދަމަހައްޓާނެ ބޭންކެއްކަން ޔަގީން ކޮށްދިނުން ކަމަށެވެ. އަދި މިއީ ބޭންކުގެ ހިންގުން އިރަށް ހަރުދަނާ ކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ އޮޑިޓެއް ކަމަށް ވެސް ބުންޏެވެ.