ބާސެލޯނާ

ބާސާގެ ޗެމްޕިއަނުންނަށް އުމުރު ދުވަހުގެ މުސާރަ

ބާސާއާއެކު ޔުރަޕްގެ އެންމެ ބޮޑު ކުލަބު މުބާރާތް ކާމިޔާބު ކޮށްފައިވާ ކޮންމެ ކުޅުންތެރިޔަކަށް އުމުރު ދުވަހުގެ މުސާރަ ދޭ ކަމަށް ކުރިން ބާސާއަށް ކުޅުނު އާޖެންޓީނާގެ ހުއާން ކާލޯސް އެރޭޑިއާ ބުނެފި އެވެ.

އިރޭޑިއާ ވަނީ ބާސާގެ ލެޖެންޑް ޔޯހާން ކްރައިފް އާއެކު ބާސާއަށް ކުޅެފަ އެވެ. އަދި އޭރުގެ ޓީމުން ވަނީ 1979 ގެ ޔޫއެފާ ކަޕް ވިނާސް ކަޕް ކާމިޔާބު ކޮށްފަ އެވެ. އިރޭޑިއާ ބުނީ ބާސާ އާއެކު އެ ކާމިޔާބު ހޯދުމުން އޭނާ އަށް ވެސް މުސާރަ ލިބެމުން ދާ ކަމަށެވެ.

"ދަ ޓެކްޓިކަލް ރޫމް" އަށް ދިން އިންޓަވިއުގައި އެރޭޑިއާ ބުނީ އެއީ ބާސާގެ ކުރީގެ ރައީސް ހުއާން ލަޕޯޓާ ވެފައިވާ ވައުދެއް ކަމަށާއި އެ ވައުދު ފުއްދަމުން ދާ ކަމަށެވެ.

އޭނާ ބުނީ، 2009 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގް ފައިނަލުގައި ރޯމްގައި ކުޅުނު ފައިނަލު މެޗުން ލިއޮނަލް މެސީގެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް ބާސާ ކާމިޔާބު ހޯދުމުން ލަޕޯޓާ ވައުދުވެ ވަޑައިގަތީ ކަމަށެވެ.

"މެސީގެ ލަނޑާއެކު އެ މެޗު ކާމިޔާބު ވުމުން ލަޕޯޓާ އިއުލާން ކުރި ބާސެލޯނާ އާއެކު ޔޫރަޕިއަން ޗެމްޕިއަންކަން ހޯދާފައިވާ ކޮންމެ މީހަކަށް އުމުރު ދުވަހުގެ މުސާރަ ދޭނެ ކަމަށް، އަދި ލަޕޯޓާ ވަނީ އެ ވައުދު ފުއްދާފަ."