ކުޅިވަރު

އަރާރުންވުމުން ސްޓާލިން ގައުމީ ޓީމުން ބޭރުކޮށްފި

ކުލަބުގެ ވާދަވެރިކަން ގައުމީ ޓީމަށް ގެނެސް ލިވަޕޫލްގެ ޖޯ ގޯމޭޒް އާ އަރާރުން ވުމުން މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އިނގިރޭސި ގައުމީ ޓީމުން ބޭރު ކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ، ސްޓާލިންގެ މެންޗެސްޓާ ސިޓީ ލިވަޕޫލް އަތުން ބަލިވީ 3-1 ންނެވެ. އިނގިރޭސި އެފްއޭއެއިން ބުނީ ގައުމީ ޓީމުގެ ޕްރައިވެޓް އޭރިއާގައި ސްޓާލިން އާއި ޖޯ ގޯމޭޒް ބަހުގެ ހަމަލާތަކެއް ބަދަލު ކުރި ކަމަށެވެ.

ޓެލެގުރާފް ނޫހުން ބުނީ، އެ މައްސަލައިގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ކިބައިން ސްޓާލިން މާފަށް އެދުނު ކަމަށެވެ. އަދި ޖޯ ގޯމޭޒްގެ ކިބައިންނާއި ކޯޗް ގެރެތު ސައުތު ގޭޓްގެ ކިބައިން ވެސް މާފަށް އެދުނު ކަމަށެވެ.

ނަމަވެސް ސައުތުގޭޓްގެ އަދަބުން ސްޓާލިންއަށް ވީއްލޭ ގޮތެއް ނުވި އެވެ. ސައުތު ގޭޓް ބުނީ ކުލަބު ވާދަވެރިކަން ގައުމީ ޓީމަށް އަންނައިރު ނިމުމަކަށް އަންނަން ޖެހޭނެ ކަމަށެވެ. އަދި މެޗުގެ ކުރިމަތިލުމުގެ ޖަޖުބާތުތައް ނުފިލާ ހުރުމަކީ އުނދަގު ކުރިމަތިވާނެ ކަމެއް ކަމަށެވެ.

އެހެންވެ ސައުތުގޭޓް ނިންމީ، މޮންޓާނީގުރޯ އާ ދެކޮޅަށް ކުޅޭ މެޗަށް ސްޓާލިން ސްކޮޑަށް ނުނެގުމަށެވެ. ސައުތުގޭޓް ބުނީ އެއީ ޓީމުގެ އެކުވެރިކަން ދެމެހެއްޓުމުގެ ގޮތުން މިވަގުތު ކޮންމެހެން ނަގަން ޖެހޭ ފިޔަވަޅެއް ކަމަށެވެ.

"މިނިންމުން ނިންމީ ސްކޮޑުގެ ހުރިހާ މެންބަރުންގެ މެދުގައި އެއްބަސްވެގެން،" ސައުތުގޭޓް ބުންޏެވެ. "އަހަރެމެންނަށް އެންމެ މުހިންމު ކަމަކީ ކުޅުންތެރިން ގައުމީ ޓީމަށް ފޯކަސްކޮށްގެން (ބުރާސްފަތި ދުވަހުގެ ރޭ) މެޗަށް ކުރިމަތި ލުން."