ކަނޑު އޮތް ގިރި

ކަނޑުއޮތްގިރީ ފަރަށް ދޯންޏެއް އުރިއްޖެ

Nov 12, 2019

ތިން މީހުނާއެކު ދަތުރު ކުރި ދޯންޏެއް ކަނޑުއޮތްގިރި ކައިރިން ފަރަށް އަރައިފި އެވެ. މިރޭ ހިނގި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ،

އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުނީ ކަނޑުއޮތްގިރީގެ ފަރަށް އެރީ ހިންމަފުށީން ފުރައިގެން ހުޅުލެއަށް ދަތުރުކުރި ދޯންޏެއް ކަމަށާއި އެ ދޯނި ފުން ކުރުމުގެ މަސައްކަތަ ކޯސްޓްގާޑުގެ ސިފައިންނާއި ޑައިވަރުން ކުރަމުން ގެންދާ ކަމަށެވެ.

ދިވެއްސަކާއި ދެ ބިދޭސިން ތިބި "ނިޔާމަ" ދޯންޏަކީ 40 ފޫޓުގެ ދޯންޏެކެވެ.