ހަބަރު

ފަތުރުވެރިކަން އިސްތިހާރު ކުރާ ރޯޑްޝޯތައް ހަތަރު ގައުމަކަށް

ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރަން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހަތަރު ގައުމެއްގައި ރޯޑްޝޯ އެއް އިއްޔެ ފަށައިފި އެވެ.

ތަރު ގައުމެއް ހިމެނޭ ގޮތަށް އިއްޔެ މި ރޯޑްޝޯ ފަށާފައި ވަނީ ޑެންމާކްގެ ކޮޕަންހޭގަންގަ އެވެ. މިއަދު ރޯޑްޝޯ ބާއްވާފައި ވަނީ ނޯވޭގެ އޮސްލޯގަ އެވެ. ދެން ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވާ ދެ ގައުމަކީ ސްވިޑުންގެ ސްޓޮކްހޮމް އަދި ފިންލެންޑްގެ ހެލްސީންކީ އެވެ.

މި ރޯޑްޝޯތައް މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

އެމްއެމްޕީއާރްސީ އާއެކު ރޯޑްޝޯތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 13 ކުންފުންޏެއް ބައިވެރިވެ އެވެ. މި ރޯޑްޝޯގެ ތެރޭ ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ކުންފުނިތަކަަށް ލިބިގެންދާނެ އެވެ.

ނޯޑިކަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ބޭރުވާ ސަރަހައްދެވެ.