ހަބަރު

ކެފޭއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފުވައްމުލަކު ދޫޑިގަން އަވަށުގައި ހުރި ކެފޭއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވަނީ އާރްއެޑްއާރް ނަމަކަށް ކިޔާ ކެފޭއެއްގަައި ކަމަށެވެ. އެ ކެފޭގެ ބަދިގޭގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ސަދަން އޭރިއާ ފުވައްމުލަކު ސްޓޭޝަނުން ވަނީ މިހާރު ނިއްވާލާފައި ކަމަށް ވެސް މައުލޫމާތު ދިނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ކެފޭގައި އަލިފާނުގެ ހާދިސާ ހިނގި ސަބަބު އެމްއެންޑީއެފުން ދަނީ ބަލަމުންނެވެ.

ކެފޭތަކުގެ ބަދިގޭގެ އިތުރުން ގޭގޭ ބަދިގޭގައިވެސް އަލަިފާނުގެ ހާދިސާތައް ހިނގައިގެން މި އަހަރު ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން މިދިޔަ މަހުވެސް ވަނީ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ.