ދުނިޔެ

އިޒްރޭލުގެ ހަމަލާތަކެއްގައި ޕަލަސްތީނު 13 މީހަކު މަރުވެއްޖެ

އިޒްރޭލުން ދެމުން ގެންދާ ވައިގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 13 މީހަކު މަރުވެފައިވާ ކަމަށް ޕަލަސްތީނުގެ ހެލްތް އޮފިޝަލުން ބުނެފި އެވެ.

އައްޒާގައި ހުންނަ ޕަލަސްތީނުގެ އިންފޮމޭޝަން އޮފީހުން އިތުރަށް ބުނި ގޮތުގައި، އިޒްރޭލުގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން ހަމަލާތަށް އަމާޒު ކުރަނީ އާންމުން އެއްވެ އުޅާ ތަންތަނަށާއި އެމީހުންގެ ގެދޮރޮތަކަށް ވުމުން، އިޒްރޭލުން ސިފައިން އުޅެނީ ޕަލަސްތީނު ރައްޔިތުން މަރާލަންކަން އެގޭ ކަމަށެވެ.

ހަމަލާތަކުގެ ސަބަބުން މީހުން ދިރިއުޅެމުން ދިޔަ އެތަކެއް ގެއެއް ވަނީ ބިމާ ހަމަވެފަ އެވެ. އައްޒާގެ ހޮސްޕިޓަލްތަކުން ބޭސްތަށް ހުސްވުމުގެ ސަބަބުން އިޒްރޭލުގެ ހަމަލާގައި ޒަހަމްވި މީހުން މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އިންފޮމޭޝަނުން ވަނީ ބުނެފަ އެވެ.

އިއްޔެ އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޕަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރަކު ވަނީ މަރުވެފަ އެވެ. މިއާއެެކު އެ ޖަމާއަތުން ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތަށް ދޭން ފަށައިފަ އެވެ. އިސްލާމިކް ޖިހާދުން އިޒްރޭލުގެ ވެރިރަށް ޓެލްއަވީވްއަށް ރޮކެޓް ހަމަލާދޭން ފެށުމުން އެ ސިޓީގެ ސްކޫލްތަށް ވަނީ ބަންދުކޮށްފަ އެވެ. އަދި ގިނަ މީހުން ވަނީ ބިންގަރާސްތަކަށް ވަދެފަ އެވެ.

މިއަދުވެސް އިޒްރޭލުން ވަނީ ޕާކިސްތާނުގެ ބޯޑަރު ސަރަހައްދަށް އަމާޒު ކޮށްގެން ޑްރޯން ހަމަލާތަކެއް ދީފަ އެވެ. އިޒްރޭލުން ދެމުން ގެންދާ ކޮންމެ ހަމަލާއެއްގެ ބަދަލުގައި އިސްލާމިކް ޖިހާދުން ދަނީ ޓެލްއަވީވްއަށް ރޮކެޓް ހަމަލާ ދެމުންނެވެ. އިސްލާމިކް ޖިހާދުގެ ހަމަލާތަކުން އަދި މީހަކު މަރުވެފައިވާކަން ކަށަވަރު ނުކުރެވެ އެވެ.