ހަބަރު

އިންޑިއާއިން ގާފަރާއި މަޑުއްވަރީއަށް އައިސްޕްލާންޓް

އިންޑިޔާގެ ހިލޭ އެހީގެ ދަށުން ކ. ގާފާރު އަދި ރ. މަޑުއްވަރީގައި ދެ އައިސް ޕްލާންޓް ބަހައްޓަން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މަސްވެރިކަން ކުރާ އުޅަނދުތަކަށް ބޭނުންވާ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރު ކުރަން ރާއްޖޭގެ އެކި ހިސާބުތަކުގައި ބަހައްޓަން ނިންމާފައިވާ އައިސްޕްލާންޓްތަކުގެ ތެރެއިން، ގާފަރާއި މަޑުއްވަރީގައި ބަހައްޓަން ނިންމާފައިވަނީ 25 ޓަނުގެ ދެ އައިސްޕްލާންޓެވެ.

މި ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ ހަތް މިލިއަން ރުފިޔާ އަށް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ބީލަމުގެ އުސޫލުން ވީއޭއެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީން ސޮއި ކުރީ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިއާ އެވެ. ވީއޭއެމް އެންޑް ކޯ އިން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރެވެ.