އިދިކޮޅު ފަރާތްތައް

"ފުނޑާލައިފި" ނަމުގައި އިދިކޮޅު އެއްވުމެއް

Nov 14, 2019
5
ޕީޕީއެމް - ޕީއެންސީން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ | އަވަސް
0%
0%
0%

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މާދަމާ ރޭ މާލޭގައި ރެލީއެއް ބާއްވަން ނިންމައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "ފުނޑާލައިފި" ނަމުގައި އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ރެލީ ބާއްވަން މާދަމާ ރެއަށް ކާނިވާ ސަރަހައްދު ވެސް ލިބިފައިވާ ކަމަށެވެ. އަދި އެ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އޭގެ ދެ ދުވަސް ފަހުން ރައީސް ޔާމީންގެ ޝަރީއަތް މިއޮތީ ތާވަަލުކޮށްފައި. އެހެންވެ ހުރިހާ ބޭފުޅުން އެކަމަށް ވަރަށް ސަމާލު ވެގެން ރެލީއަށް ވަޑައިގަތުމަކީ އަޅުގަނޑުމެން ވަރަށް އެދޭ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ނޮވެމްބަރު 17 އަށް ސަރުކާރަށް އެއް އަހަރުވާ އިރު މިހާތަނަށް ކޮށްފައިވާ ހުރިހާ ކަމެއް ގޯހުން ގޯހަސް ގޮސްފައިވާ ކަމަށާއި އެގޮތުން އިގްތިސޯދާއި އިސްލާމް ދީނާއި ގައުމުގެ ހުރިހާ ކަމެއް ފުނޑާލާފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ޒިންމާދާރު ކުރުވަަން ޖެހޭ ކަމަށެވެ.

ފަހަކަށް އައިސް ޕްރޮގްރަސިވް ކޯލިޝަން އިން އެކި ނަން ނަމުގައި ރެލީތައް ބާއްވަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދުރަސް

މަވެސް ދާނަން، ނިކަން ވިސްނާލަބަަލަ، ގާނޫންގަ ވިކުރެވިފަ ހުރި ބާރުތައް އެއްކޮށް މަސްހުނި ކުރުމުގަ މި އެމްޑީޕީ އިން ވެރިކަމައް އައިސްސުރެ އުޅެނީ، ގައުމައް ނުނީ ރައްޔިތުންނައް އަހަރެއް ވެގެންދާއިރު ކޮށްދެވުނީ ކޮންކަމެއް

ދާރުލް

ސިޔާސީ ފިކުރަކައް ނުބަލާ އެންމެން ވެސް މިއަދު ނުކުންނައް ވެއްޖެ، ރާއްޖޭގެ ކޯޓް ތަކުގަ އެއައްގެން އަލިފާން ރޯކުރަނީ ވިއްޔާ

ސާމިހު

މޮޅެތޮ ނަންނަން ޖަހާގެން އެއްވުން ބާއްވަ ބާއްވާ ތިބެން ޖެހޭނީ، ނުވާނެ އެއްވެސް ކަމެއް

ބުނަންތޯ

އަޅެ ކަލޭމެން ވެއްޖެއެއްނު ތަންކޮޅެއް ރަންގަޅައް ތިކުރާ ކަމެއް ކުރަން... ތިހެން ދޭތެރެޔަކުން ކައިފި، ދަވާލައިފި، ނުވަތަ ފުނޑާލައިފި ކިޔުމަކުން ކާބަޔަކަށް މަދުވާ އެއްޗެއް ނޯންނާނެ، ދަވާލާބަޔަކު ދަވާލާނީ އަދި ފުނޑާލާ ބަޔަކު ފުނޑާލާނީ އެމީހުންނަކަށް ތިކަމުން ލިބޭނެ ދައްޗެށް ދެރައެއް ނެތް.

މަކަރު ވާހަކަ.

ތިތަނަކަށް ނުދާނަން.. މިހާރު މަޖްބޫރެއްވެސް ނުކުރެވޭނެ. އޭރުވެސް މީހުން ގެންދިޔައީ ވަޒީފާދެ ބިރު ދައްކާ މަޖްބޫރު ކޮށްގެން. އެ ހަދާން އަދި ނުފިލާނެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910