ކުޅިވަރު

އިބްރޮހިމޮވިޗް އެލްއޭ ގެލެކްސީ ދޫކޮށްލައިފި

ސްވިޑެންގެ ގައުމީ ޓީމުގެ ކުރީގެ ސްޓައިކަރު ޒްލަޓާން އިބްރޮހިމްވިޗް އެލްއޭ ގެލެކްސީއާ ދުރައްދާނެ ކަމަށް އިއުލާން ކޮށްފަ އެވެ.

މާޗް 2018 ގައި އެލެއޭ ގެލްކްސީއާ ގުޅުނު ޒަލްޓާން އިބްރހިމްވިޗް ވީ އެމެރިކާގެ މޭޖާ ސްކޮލީގްގައިވެސް ލަނޑު ޖެހުމުގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިޔަކަށެވެ. އުމުރުން 38 އަހަރުގެ ފޯވަޑް ވަނީ، އެ ކުލަބުގައި 53 މެޗު ސްޓާޓް ކޯށް 52 ގޯލް ޖަހާފަ އެވެ.

އިޓާލީގެ އޭސީ މިލާނަށް އިބްރޮހިމޮވިޗް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އޭނާ ވަނީ 2010 ން 2012 އަށް އެ ކުލަބަށް ކުޅެފަ އެވެ.

އެލްއޭ ގެލެކްސީ ދޫކޮށްލަން އިއުލާން ކުރަމުން ޒަލްޓާން ކުރި ޓްވީޓްގައި ބުނެފައި ވަނީ ކުލަބު އެ ކުލަބުގެ ސަޕޯޓަރުން އަލުން ބޭސްބޯލް ބަލަން ދާންވީ ކަމަށެވެ. އޭނާ ބުނީ ސަޕޯޓަރުން ބޭނުންވީ ޒްލަޓާން ކަމަށާއި ސަޕޯޓަރުންނަށް ޒްލަޓާންގެ ކުޅުން ދައްކާފައި ވާނެ ކަމަށެވެ.