އަކެޝޭ ކްމާރު

އަކްޝޭގެ މިހާރުގެ ފޭވަރިޓަކީ ކްރީތީ ސަނަން

Nov 15, 2019

އަކްޝޭ ކުމާރާއެކު "ހައުސްފުލް 4" ކުޅުނު ފަހުން ކްރީތީ ސަނަން އަކީ އަކްޝޭގެ އެންމެ މަގްބޫލު ބަތަލާއަށް ވެއްޖެ އެވެ.

އެގޮތުން އަކްޝޭގެ "ބައްޗަން ޕާންޑޭ"ގެ ބަތަލާކަން ވެސް ކްރީތީ އަށް ލިބިފައި ވަނިކޮށް މިހާރު އަނެއްކާވެސް އިތުރު ފިލްމެއް އަކްޝޭ އާއެކު ކުޅެން ކްރީތީ އަށް ވަނީ ލިބިފަ އެވެ. އަދި ކްރީތީގެ ކޮއްކޮ ނޫޕޫރް ސަނަން ވެސް ދާދިފަހުން ވަނީ އަކްޝޭ އާއެކު މިއުޒިކް ވީޑިއޯ އެއް ކުޅެފަ އެވެ.

އެންމެ ފަހުން ކްރީތީ ކުޅެން ސޮއިކުރީ ލަކްޝްމަން އުޓޭކަރް އާއި ދިނޭޝް ވިޖަން ގުޅިގެން އުފައްދާ ފިލްމު "މިމީ" އެވެ.
ކުރިން ކްރީތީ ކުޅެން ހަމަޖެހިފައި އޮތީ "ރައީސް"ގެ ޑައިރެކްޓަރު ރާހޫލް ޑޯލަކިޔާގެ ފިލްމެކެވެ. ނަމަވެސް ފަހުން ކްރީތީ އެ ފިލްމު ނުކުޅޭ ގޮތަށް ހަމަޖެހުމުން "މިމީ" އަށް ތާރީޚު ދެވޭ ގޮތް ވީއެވެ.

ކްރީތީގެ ފިލްމުތަކުގެ ތެރެއިން މިއަހަރު ރިލީޒްކުރި "ލުއްކާ ޗުއްޕީ"ވެފައި ވަނީ ވަރަށް ކާމިޔާބު ފިލްމަކަށެވެ. ކްރީތީގެ ހުނަރާއި ޕްރޮފެޝަނަލް ކަމުން އޭނާ އަކީ މިހާރު ފިލްމު ކުޅޭ ބަތަލާއިންގެ ތެރެއިން ގިނަ ބައެއްގެ ފޭވަރިޓް ބަތަލާ އަށް ވަނީ ވެފަ އެވެ.