ހަބަރު

ޖޭއެސްސީން ސުޕްރީމް ކޯޓުގެ އޮޑިޓެއް ކުރަނީ

Nov 17, 2019
2

ސުޕްރީމް ކޯޓުގެ އޮޑިޓެއް ހަދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.

މިއަދު ބޭއްވި ޖޭއެެސްސީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ ނިޒާމާއި މާލީ ކަންކަން ހިނގަމުންދާ ގޮތް ބެލެމަށްޓަކައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިންޓާނަލް އޮޑިޓް ޔުނިޓުން ސްޕްރީމް ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ކުރުމަށެވެ.

ސުޕްރީމް ކޯޓުގެ އޮޑިޓެއް ކުރުމަށް ޖޭއެސްސީއިން ނިންމީ އެ ކޯޓުގެ އިދާރީ ބައެއް ހިންގުމަށް ބަދަލުތައް ގެންނަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނިންމާފައިވަނިކޮށެވެ.

އެ ބަދަލުތައް ގެންނާތީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ނުރުހުން ފާޅު ކުރައްވާފައިވެ އެވެ. ނަމަވެސް މިހާރު ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށް އެ ކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލުކޮށްފަ އެވެ.