މަހާޒް އަލީ ޒާހިރު

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް މަހާޒު

Feb 23, 2021
1

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ހަމަޖައްސައިފި އެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ، ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތަކުގެ ތެރެއިން، ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމުން އެފަދަ މައްސަލަތައް ބަލަން ކޮންމެ ޖުޑީޝަލް އަހަރަކަށް އެކުލަވާލެވޭ މަޖިލީހެކެވެ.

މިދިއަ ޖުޑީޝަލް އަހަރު ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަރާތުން ހަމަޖައްސާފައި ވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ.