ވިޔަފާރި

އެސްޓީއޯ "އިޔާ އެންޑް ސޭލް" ގައި ބޮޑެތި އިނާމުތައް

Nov 18, 2019
1

އަގު ބޮޑެތި އިނާމުތަކާއެކު އެސްޓީއޯ "އިޔާ އެންޑް ސޭލް" ފަށައިފި އެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނިން އެސްޓީއޯ އިލެކްޓްރޯނިކްސްގައި ފެށި "އިއާ އެންޑް ސޭލް" އެ ކުންފުނީގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ގެންދާނެ އެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލްގައި 50 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ބޮޑެތި އިނާމުތައް ލިބުމުގެ ފުރުސަތު ދެއެވެ. މި އަހަރުގެ ސޭލްސްގެ ޕާޓްނަރަކީ ގައުމީ އެއާލައިން މޯލްޑިވިއަން އެވެ. މިއަހަރުގެ އިނާމުތައް ހުށަހަޅާފައި ވަނީ އެ އެއާލައިން އިންނެވެ.

މި އަހަރުގެ ސޭލްގައި އެއްވަނަ އިނާމަކަށް ދެ މީހަކަށް ހުރުމާ އެކު ޗެންނާއީ ދެކޮޅު ޓިކެޓު ދެއެވެ. އަދި ދެވަނަ އިނާމަކަށް ފުވައްމުލަކު ދެކޮޅު ޓިކެޓް ދެ މީހަކަށް ހުރުމާއެކު ލިބުމުގެ އިތުރުރުން ތިންވަނަ އިނާމަކަށް އައިފޯނެއް ދެއެވެ.