ދުނިޔެ

މުޒާހަރާ ކުރުމުގެ ނަމުގައި އަމާންކަން ނަގާ ނުލެވޭނެ: ރޫހާނީ

އެމެރިކާއިން އަޅާފައިވާ ދަތިކުރުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާނުގެ ތެލުގެ އަގޮ ބޮޑުވެފައި ވާތީ އެކަމާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ގައުމުގެ އަމާންކަން ނަގާ ނުލެވޭނެ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

މުޒާހަރާގެ ބައިވެރިންނަށް އަމާޒު ކޮށް ރޫހާނީ ވިދާޅުވީ މުޒާހަރާ ކުރުމުގެ ނަންމަތީ ހަމަނުޖެހުން ހިންގާ ސަލާމަތީ ބާރުތަކާއި ތޮޅޭނަމަ މުޒާހަރާ ރޫޅާލަން ޖެހޭނެ ކަމަށެވެ. މިދިޔަ އާދީއްތަ ދުވަހު ފެށި މުޒާހަރާތަކުގައި މިހާތަނަށް ވަނީ ދެ މީހަކު މަރުވެފަ އެވ.

އިރާނުގެ ސަރުކާރާ އެގައުމުގެ ލައްކައަކަށް ގާތްކުރާ ވަރަށް މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ. ބައިވެރިން ވަނީ އިރާނުގެ 12 ބޭންކެއްގައި އަލިފާން ރޯކޮށްފަ އެވެ. އަލިފާން ރޯކުރި 1000 މީހަކު މިހާރު ވަނީ ހައްުޔަރު ކޮށްފަ އެވެ.

ގައުމު ނާމާންކަމަށް ވެއްޓެމުންދާތީ ރޫހާނީ، ޓީވީ މެދުވެރިކޮށް ވިދާޅުވީ، އެމެރިކާއިން އިރާނުގެ އިގްތިސޯދު ހަލާކުކޮށްލަން އުޅޭކަން ހުރިހާ މީހުނަށް ވެސް އެނގޭ ކަމަށެވެ. އަދި ކުއްލިއަކަށް ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމަކީ ބޭރުގެ ނުފޫޒެއް އޮތްކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. އިތުރަށް ވިދާޅުވީ، ބޭރުގެ ނުފޫޒާއެކު ވެސް މުޒާހަރާ ކުރަން ޖެހޭނީ އިމުގެ ތެރެއިން ކަމަށެވެ.