ދުނިޔެ

ފަލަސްތީނުގެ ބައެއް ބިންތަކަކަކީ އިސްރާއީލުގެ ބައެއް ކަމަށް އެމެރިކާއިން ނިންމަނީ

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބައެއް ބިންތަކަކީ، އިޒްރޭލު ބިން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސޭޓޭޓް މައިކް ޕޮމްޕޭ ވިދާޅުވެއްޖެ އެވެ. މި ނިންމުން މިރޭގެ ވަގުތެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާންކުރައްވާނެ އެވެ.

އިޒްރޭލުން ވެރިވެގަނެގެން އުޅޭ، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ގެތަށް އަޅައި އިޒްރޭލު މީހުނަށް ވަނީ ދީފަ އެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް އިޒްރޭލުން ކުރި ކަމަކަށް ވިޔަސް ޕޮމްޕޭ ވިދާޅުވީ، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އަޅާފައިވާ ގެތަތަކީ ގާނޫނޫ ހިލާފު އަޅާފައި ހުރި ގެތަކެއް ކަމަށް ނިންމޭނެ އުސޫލެއް ނޯންނާނެ ކަމަށެވެ.

ޕޮމްމޭ ވަނީ އެހެން ގައުމުތަކުން ވެސް ހުޅަނގު އައްސޭރިއަކީ އިޒްރޭލުގެ ބައެއް ކަމުގައި ބަލައިގަތުމަށް އެދިފަ އެވެ. އެމެރިކާއިން މިހާރު ވެސް ގަބޫލުކުރާ ގޮތުގައި މުސްލިމުންގެ ތިން ވަނައަށް އެންމެ މުގައްދަސް މިސްކިތް ހުންނަ ގުދުސްއަކީ އިޒްރޭލު ބިމެކެވެ. އިޒްރޭލުގެ ވެރިރަށުގައި ހުރި ބައެއް ގައުމުތަކުގެ އެމްބަސީތަށް ގުދުސްގައި އެޅުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދެ އެވެ.

އެމެރިކާގެ ނިންމުމާ ދެކޮޅަށް ފަލަސްތީނުގެ ގިނަ ޖަމިއްޔާތަކުންނާއި ބައެއް މިނިސްޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ. ފަލަސްތީނުގެ ރައީސް ތަރުޖަމާނު ވިދާޅުވީ، ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ނިންމީ ވެސް އދގެ ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. އަދި މިހާރު ހުޅަނގު އައްސޭރީގެ ބިންތަށް ވެސް އިޒްރޭލަށް ދޭން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެމެރިކާއަކީ ބައިނަލްއަގްވާމީ ރިޒޮލިއުޝަންތަށް ބަދަލު ކުރުމުގެ ބާރު ލިބިދީފައިވާ ބައެއް ނޫން ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. އދއިން މީގެ ކުރިން ބުނެފައިވަނީ އިޒްރޭލުން ހުޅަނގު އައްސޭރީގައި އެގައުމުގެ މީހުނަށް ގެތަށް އަޅާދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.