ވިޔަފާރި

މާދަމާ ދާންވީ "ކައިލާން ޓްރެންޑްސް" އަށް

ކައިލާން ޓްރެންޑްސް ފިހާރަށް އަހަރު ފުރުމާއި ގުޅިގެން މާދަމާ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އަވަސްއާއި ވާހަކަދައްކަމުން ކައިލާން ޓްރެންޑްސްގެ ބްރޭންޑް އެމްބެސެޑަރު، ކުޅަދާނަ ފިލްމީ ތަރި މަރިޔަމް އައްޒަ ބުނީ ކައިލާން ޓްރެންޑްސް ފިހާރަށް މާދަމާ އެއް އަހަރު ފުރޭތީ ކަސްޓަމަރުންނަށް ޚާއްސަ ފުރުސަތެއް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މާދަމާ ހަވީރު 4 ކުން 6 ކަށް އަދި 8:30 ފެށިގެން 10:30 އަށް އެ ފިހާރައިން ގަންނަ ކޮންމެ އެއްޗަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ކައިލާން ޓްރެންޑްސް ފިހާރަށް މާދަމާ ޒިޔާރަތްކުރާ ކޮންމެ ކަސްޓަމަރަކަށް ޚާއްސަ ޑިސްކައުންޓް ކާޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މި ކާޑަކީ ސެލެކްޓެޑް ވަކި އައިޓަމް ތަކަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކާޑެއް. އެކާޑު ބޭނުންކޮށްގެން ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަނޑައަޅާފައިވާ އައިޓަމްތަކުން." އައްޒަ ބުންޏެވެ.

ކައިލާން ޓްރެންޑްސްއަކީ ދިވެހިންގެ މެދުގައި މަގުބޫލު ވަރަށް ގިނަ ބްރޭޑްތަކުގެ އޮތޮރައިޒް ޑިސްޓްރިބިއުޓާއެވެ. އެގޮތުން އިސަބަލް ޑުޕޯންޓް، ކޮސްމެޓިކް ބްރޭންޑް، މޯފޯސް އަދި އަޓަކް ފަދަ ބްރޭޑްތައް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުންވެސް އެ ފިހާރައިން ދުނިޔޭގެ ނަން މަޝްހޫރު ބްރޭޑްތަކުގެ ސެންޓާ، ރީތީވާ ސާމާނު ލިބެން ހުރެއެވެ.