ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އަބުރު ކަތިލެވިދާނެ، އަޒުމެއް ނުގުޑާނެ: ޝަހީމް

ދޮގު އިލްޒާމްތައް އަޅުވައިގެން ކިތަންމެ ވަރަކަށް އަބުރު ކަތިލި ނަމަވެސް އަޒުމު ގުނޑުވާ ނުލެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ދޮގު މައުލޫމާތު ދެއްވި ކަމަށް ބަލައި ޝަހީމަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއިން ވަނީ ނިންމާފައެވެ.

ޝަހީމް ވިދާޅުވީ ގައުމާއި ދީނާއި، އުންމަތަށް އޮތް ލޯބި އަބުރު ކަތިލައިގެން ފޮހެނުލެވޭނެ ކަމަށެވެ.

"ދޮގު އިލްޒާމް އަޅުވައިގެން، ތުހުމަތުތައް އުފައްދައިގެން ކިތަންމެ ވަރަކަށް އަހަރެމެންގެ އަބުރު ކަތިލެވިދާނެ. ކުރިންވެސް ކަތިލި. ނަމަވެސް މާތްﷲގެ ހެޔޮ ރަހުމަތްފުޅުން އަހަރެމެންގެ އަޒުމެއް ގުޑުވައެއް ނުލެވޭނެ. އުމާއި ދީނާއި، އުންމަތަށް އޮތް ލޯބިވެސް އަހަރުމެންގެ ހިތުން ނުފޮހެވޭނެ." ޝަހީމް ވިދާޅުވިއެވެ.

ދޮގު އިލްޒާމް އަޅުވައިގެން، ތުހުމަތުތައް އުފައްދައިގެން ކިތަންމެ ވަރަކަށް އަހަރެމެންގެ އަބުރު ކަތިލެވިދާނެ. ކުރިންވެސް ކަތިލި. ނަމަވެސް މާތްﷲގެ ހެޔޮ ރަހުމަތްފުޅުން އަހަރެމެންގެ އަޒުމެއް ގުޑުވައެއް ނުލެވޭނެ. އުމާއި ދީނާއި، އުންމަތަށް އޮތް ލޯބިވެސް އަހަރުމެންގެ ހިތުން ނުފޮހެވޭނެ
މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިކް މިނިސްޓަރު

ޝަހީމް ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައިވެސް ނެތް ތުހުމަތުތައް އުފައްދައިގެން އިލްޒާމް އަޅުވާ، 241 ކޮމެޓީގެ ސަބް ކޮމެޓީން ކުރަމުން ގެންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެއީ އެކަން ކުރާ ބަޔަކު ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ވިދާޅުވިއެވެ.

"އެ ފަދަ އެއްވެސް ތުހުމަތެއް ކޮމިޝަންގެ ރިޕޯޓްގައިވެސް އަޅުގަނޑާމެދު ކޮށްފައެއް ނުވޭ."