ވޯކްޝޮޕެއްގެ ޖަންކްޝަންގައި ގޭސް އުފެދި އޭގެ މަތިގަނޑު ކުއްލި އަކަށް އަރައި ގެއްލުން ވެއްޖެ އެެވެ.
މިއަދު ހެނދުނު ހެންވޭރު ގެއެއްގައި ހުރި ވޯކްޝޮޕެއްގެ ޖަންކްޝަންގައި ގޭސް އުފެދިގެން އޭގެ މަތި ގަނޑު ކުއްލިއަކަށް އެރުމާ ގުޅިގެން އެ ވޯކްޝޮޕްގެ ބިއްލޫރިގަނޑެއްގައި ޖެހި ވަނީ ތަޅައިގެން ގޮސްފަ އެވެ. ވޯކްޝޮޕްގައި ހިނގި މި ހާދިސާގައި އެ ތަނުގެ އެއްވެސް މީހަކަށް އަނިޔާ އެއް ނުވެ އެވެ.
މި ހާދިސާ އާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހިއްސާ ނުކުރާއިރު މައްސަލަ އަންނަނީ ފުލުހުން ބަލަމުންނެވެ.