އެކްސިޑެންޓް

ސައިކަލް ފުރޮޅުގައި ހެދުން އޮޅި ދެމީހަކަށް އަނިޔާވެއްޖެ

ސައިކަލެއްގެ ފަހަތުގައި އިން އަންހެނެއްގެ ހެދުން ސައިކަލްގެ ފޮރުޅުގައި އަޅައިގަނެ، އޭގައި ތިބި ދެ މީހުން ވެއްޓި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖްގެ އެއާޕޯޓާ ގުޅޭ ހިސާބުން ދުއްވާފަ ދިޔަ ސައިކަލެއްގެ ފަހަތުގައި އިން އަންހެނެއްގެ ހެދުން ސައިކަލްގެ ފޮރުޅުގައި އަޅައިގަނެ، އެ މީހާ އާއި އެ ސައިކަލް ދުއްވަން ފިރިހެނަކު ވެއްޓި ދެ މީހުނަށް އަނިޔާ ވެފައިވާ ކަމަށެވެ.

ނުރައްކާތެރި މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 5:00 ޖަހާ އެހާކަންހާއިރު އެވެ. ހާދިސާގައި އަނިޔާވި ދެ މީހުނަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.