ހަބަރު

އިންޒާރަކާއެކު މެރާކީގެ ބިއްލޫރިގަނޑު ތަޅާލައިފި

Nov 24, 2019
2

"މެރާކީ ކޮފީ ރޯސްޓާގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ. އިންޒާރު ދިނުމާއެކު އެތާނގެ ބިއްލޫރިގަނޑު ތަޅާލީ ރޭ 11:00 ޖަހާ އެހާކަންްހާއިރު އެވެ.

ބިއްލޫރިގަނޑު ތަޅާލި އިރު ކެފޭ ބަންދު ކުރުމަށް ފަހު މުވައްޒަފުން އެތޭރޭގައި ތިއްބެވެ. ބިއްލޫރިގަނޑު ތަޅާލުމުގެ ކުރިން ބަޔަކު ގޮސް އެތާނގެ ބިއްލޫރިގަނޑުގައި ނޯޓެއް ތަތް ކޮށްފައި ވެއެވެ.

މެރާކީ އަށް ދިން އިންޒާރުގެ މެސެޖު ލިޔެފައިވާ ނޯޓުގައި ބުނެފައި ވަނީ ''އަންހެން .... ފިރިހެން ނުވައްޗޭ. ފިރިހެނުން އަންހެން ނުވައްޗޭ'' އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރާ ކަމަށާއި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މެރާކީގެ ބިއްލޫރިގަނޑު ތަޅާލި އިރު އެތާނގެ އަންހެން މުވައްޒަފަކު ފިރިހެން ހެދުން އަޅައި އުޅޭ މައްސަލައެއް ފެންމަތިވެފައި ވެއެވެ. މެރާކީއަކީ ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ މަބްރޫކް އަޒީޒްގެ ކެފޭއެކެވެ.