ޓްރެފިކް މައްސަލަތައް

މިދިޔަ ހަފްތާގައި 1600 އަށް ވުރެ ގިނަ ސްޓިކާ ޖެހި

ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން ޕާކިން ސްޓިކާ ޖެހި އަދަދު މިހަފްތާގައި ބޮޑުތަނުން އިތުރުވެއްޖެ އެވެ.

ފުލުހުން އާންމު ކޮށްފައިވާ މާލެ ސަރަހައްދުގެ ތަފާސް ހިސާބު ދައްކާގޮތުން ހުސްވި ހަފްތާގައި ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން 1672 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހާފަ އެވެ. އަދި 1068 ވެހިކަލް ބަލާ ފާސްކޮށްފައިވާއިރު 123 ވެހިކަލެއް ވަނީ ޓޯ ކޮށްފަ އެެވެ. މި އަދަދުތަކަކީ އޭގެ ކުރީ ހަފްތާ އާއި އަޅާ ބަލާއިރު އިތުރުއަދަދުތަކެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި 33 އެކްސިޑެންޓެއް ހިނގާފައިވާއިރު މި އެކްސިޑެންޓް ތަކުގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެކްސިޑެންޓްގެ އަދަދާއި އަނިޔާ ލިބުނު މީހުންގެ އަދަދު ވަނީ އޭގެ ކުރީ ހަފްތާ އާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން ދަށްވެފަ އެވެ. އެ ހަފްތާގައި 43 އެކްސިޑެންޓް ހިނގައި 12 މީހަކަށް ވަނީ އަނިޔާވެފަ އެވެ.

މިދިޔަ ހަފުތާގެ ނަމްބަރުތައް

  • ވެހިކަލް ދުއްވަމުން މޯބައިލް ފޯނު އަދި ހެޑް ސެޓް ބޭނުންކުރި 19 މައްސަލަ
  • އިންޝުއަރެންސް އަދި ރޯޑްވާދިނަސް ނުަހަދާ ދުއްވި 65 މައްސަލަ
  • އަހަރީ ފީ ނުދައްކާ ދުއްވި 38 މައްސަލަ
  • ލައިސެންސް ނެތި ވެހިކަލް ދުއްވި 107 މައްސަލަ
  • ބާރަށް ދުއްވި 31 މައްސަލަ
  • ޓްރެފިކް ނިޝާންތަކާ ހިލާފްވި 44 މައްސަލަ
  • ލައިސެންސް ކާޑު ނުލައި ދުއްވި 53 މައްސަލަ
  • ދުވާރު މަތީގައްޔާއި ކަފިހި ހުރަސް މަތީގައި ޕާކް ކުރި އަށް މައްސަލަ
  • ލައިސެންސް ހަލާކުވެގެން އަދި މުއްދަތު ހަމަވެގެން ލައިސެންސް ހިފެހެއްޓި 11 މައްސަލަ
  • މާލެ ހުޅުމާލެ ހައިވޭގައި ހެލްމެޓް ނެތި ދުއްވި 78 މައްސަލަ
  • ނަންބަރު ބޯޑުގެ ހަތް މައްސަލަ
  • ގަވާއިދާ ހިލާފަށް ޓެކްސީކުރި އެއް މައްސަލަ
  • ގަވާއިދާ ހިލާފަށް ވެހިކަލް ބަރުކޮށްގެން ދިޔަ ހަތަރު މައްސަލައެއް
  • ވެހިކަލް ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރި ދެ މައްސަލަ
  • ވެހިކަލް ބައްތި ނުދިއްލާ ދުއްވި ނުވަ މައްސަލަ
  • ދުއްވަންޖެހޭ ލޭން ނޫން އެހެން ލޭނަކުން އޯވާޓޭކް ކުރި 30 މައްސަލަ
  • އެކްސިޑެންޓްތަކާއި ގުޅިގެން ލައިސެންސް ހިފެހެއްޓި ތިން މައްސަލަ