މ. ކޮޅުފުށި ސްކޫލްގެ އަށް ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލެއް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
މިއަދު އެޑިއުކެޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހީމް އެވެ. އަދި މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތުގެ މަޝްރޫއަކީ މިއަހަރުގެ ޕީއެސްޕީއައިގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.
ޖުމްލަ 7.7 މިލިއަން ރުފިޔާއަށް މާރިސް ކޮންސްޓަރަކްޝަނާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 250 ދުވަސް ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ.