މޯލްޑިވްސް ޕޮލިސް ސާވިސް

މެރާކީއަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

މެރާކީ ކޮފީ ރޯސްޓާގެ ބިއްލޫރިގަނޑު ތަޅާލައި އިންޒާރު ދިން މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މެރާކީ ކޮފީ ރޯސްޓާއަށް ގެއްލުން ދިން މައްސަލާގައި ރޭ ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެތާނގެ ބިއްލޫރިގަނޑު ތަޅާލި އިރު ކެފޭ ބަންދު ކުރުމަށް ފަހު މުވައްޒަފުން އެތޭރޭގައި ތިއްބެވެ. ބިއްލޫރިގަނޑު ތަޅާލުމުގެ ކުރިން ބަޔަކު ގޮސް އެތާނގެ ބިއްލޫރިގަނޑުގައި ނޯޓެއް ތަތް ކޮށްފައި ވެއެވެ. މެރާކީ އަށް ދިން އިންޒާރުގެ މެސެޖު ލިޔެފައިވާ ނޯޓުގައި ބުނެފައި ވަނީ ''އަންހެނުން .... ފިރިހެން ނުވައްޗޭ. ފިރިހެނުން އަންހެން ނުވައްޗޭ'' އެވެ.

މެރާކީގެ ބިއްލޫރިގަނޑު ތަޅާލި އިރު އެތާނގެ އަންހެން މުވައްޒަފަކު ފިރިހެން ހެދުން އަޅައި އުޅޭ މައްސަލައެއް ފެންމަތިވެފައި ވެއެވެ. މެރާކީއަކީ ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ މަބްރޫކް އަޒީޒްގެ ކެފޭއެކެވެ.