ހުޅުމާލޭގައި އަޅަން ފަށާފައި ހުރި ސިފައިންގެ ފްލެޓުތަކުގެ ބޭރުގައި ޖަހާފައި ހުރި ބިއްގަނޑެއް މަގުމައްޗަށް ވެއްޓިއްޖެ އެވެ.
މިރޭ ވިއްސާރަ ވެ ގަދަ ވަޔާއެކު ހުޅުމާލެ އެމްއެންޑީއެފް ފްލެޓްތަކުގެ މި ސްޓްރަކްޗާ ވެއްޓިފައިވާ އިރު، މި ހާދިސާއިން އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައިވާ ކަމަށް އެނގިފަ އެއް ނުވެ އެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުން އަންނަ އިރު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހާއި ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.