ހަބަރު

މާރުކޭޓު ގޮޅިތަކަށް އެދެން ފުރުސަތު ހުޅުވާލައިފި

Nov 30, 2019
3

ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު 1 ޑިސެމްބަރު އިން 19 އަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

މާރުކޭޓްގެ އެ ގޮޅިތަކަށް އެދެވެނީ މާލެ ސިޓީން ދޫކުރާ ހާއްސަ ފޯމަކުންނެވެ. އެ ފޯމް ކައުންސިލުންނާއި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުރެ އެވެ.

އެ ކައުންސިލުން މިދިޔަ އޮގަސްޓު މަހު ތެރޭގައި ވަނީ ދަތުރުވެރިންގެ މާރުކޭޓު މަރާމާތުކޮށް އެތަނުގެ އާބާތުރަ ފިލުވައި ގޮޅިތަކަށް ބައެއް ބަދަލު ގެނައުމަށް ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.