ވަޅި ހެރުން

މިއަދު މާރާމާރީ ހިންގީ ދެ ބިދޭސީން

Nov 29, 2019
3

މިއަދު މެންދުރު މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައި ވަނީ ދެ ބިދޭސީއެއްގެ މެދު ހިނގި މާރާމާރީއެއްގައި ކަމަށް ފުލުހުން ބުންފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 1:00 ޖަހާ އެހާކަންހާއިރު މީހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ މާޔާ ކްލިނިކް ކައިރިން ކަމަށާއި އެ މާރާމާރީ ހިންގުމަށް ފަހު އެ ސަރަހައްދު ދޫކޮށް އެ ދެ މީހުން ގޮސްފައިވާ ކަމަށެވެ. އަދި ބުނީ ބިދޭސީ އެ ދެ ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ވަޅިން ހަމަލާ ދިނުމަށްފަހު އެމީހުން އެ ސަރަހައްދޫކޮށް ފިލައިގެން ގޮސްފައި ވަނީ ފުލުހުން އެ ސަރަހައްދާ ކަމުގެ ކަމުގެ މައުލޫމާތު ލިބިގެނެވެ.