ހަބަރު

ތައި ފެޝަން ވީކްގައި ރާއްޖެ އިޝްތިހާރުކޮށްފި

Nov 30, 2019
1

ތައިލެންޑުގައި ކުރިއަށް ގެންދިޔަ ފެޝަން ވީކްގައި ދިވެހި ހެދުން ތަކެއް ދައްކާލައި، ރާއްޖެ އިޝްތިހާރު ކުރަން ހަރަކާތްތަކެއް ހިންގައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ތައިލެންޑުގައި މާކެޓުކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމަށްޓަކައި ތައި ފެޝަން ވީކާއި ގްރޭންޑް ޕެޝަން އެކްސްޓްރާވެގެންޒާގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ. މިމަހުގެ 18 އިން 21 އަށް ބެންކޮކްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އޮތް އިވެންޓުގައި 70 ގައުމަކުން ބައިވެރިވެފައިވެ އެވެ.

ބެންކޮކްގެ ސެންޓްރަލް ވޯލްޑް ޝޮޕިން ސެންޓަރުގައި ކުރިއަށް ދިޔަ ފެޝަން ޝޯގައި ދައްކާލާފައިވަނީ ދިވެހި ދެ ޑިޒައިނަރުން ކަމަށްވާ މޫނިސާ ލުތުފީ (މޫނި) އާއި އާޝިޔަތު ޝިމްލާ (ޝިމްލާ) ގެ ޑިޒައިން ތަކެވެ.

އެމްއެމްޕީއާރުސީއިން ބުނީ މި އިވެންޓު ކުރިއަށް ދިޔައިރު އެތަނުގައި ރާއްޖޭގެ އިޝްތިހާރެއް ދެއްކުމުގެ އިތުރުން، ރާއްޖޭގެ ޕްރޮމޯޝަނަލް މެޓީރިއަލްތައް ވެސް ބަހާފައިވާނެ ކަމަށެވެ.