ހަބަރު

ރައީސް ޔާމީނަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

Nov 30, 2019
9
ރައީސް ޔާމީން: އެމަނިކުފާނަށް ކުރި ހުކުމް ވަނީ އިސްތިއުނާފަށް ހުށަހަޅާފައި -- ފައިލް ފޮޓޯ | އަވަސް
0%
0%
0%

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅައިފި އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަނީލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީނަށް ކުރި ހުކުމް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ވެސް އެދި ހުށަހަޅާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ ޕްރެސްކޮންފަރަންސްއެއްގައި ވެސް މިދަންނަވަނީ ރައީސް ޔާމީންއަށް ކުރީ ސިޔާސީ ހުކުމެއް، އެހެންވެ އެ ހުކުމް އިސްތިއުނާފް ކުރުމަށް ވާނީ ހުށަހަޅާފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީނަށްކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށްޓަކައި މިހާރު އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވަނީ އެމަނިކުފާނު އަރިހަށް ވަޑައިގެން ބައްދަލު ކުރައްވައިފަ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ރައޫސް ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކުމް ކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގަ އެވެ. އެ ހުކުމުގައި ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ފެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހިމަނާފައި ވެއެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910