ހަބަރު

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގެންފި

Dec 18, 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް-- އަވަސް ފޮޓޯ
0%
0%
0%

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި މި މައްސަލަ އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގެންފައިވާއިރު އެމަނކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެމަނިކުފާނުގެ ފަރާތުން ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ. މީގެ އިތުރުންވެސް އެމަނިކުފާނަށް ތާއީދު ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މެމްބަރުން ދަނީ އެމަނކުފާނު މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކަށްވެސް ހުށައެޅުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

އެމަނިކުފާނު ޖަލަށް ލާން ހުކުމް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އެ ހުކުމުގައި ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ)ގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހިމަނާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910