ދުނިޔެ

ސައުދީއަށް ހަތިޔާރު ވިއްކުން ހުއްޓުވާނަން

މިއަދު ބާއްވާ އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ކާމިޔާބު ވެއްޖެނަމަ އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކުން ނިމުމަކަށް ގެންނާނެ ކަމަށް އިނގިރޭސިވިލާތުގެ އިދިކޮޅު ލީޑަރު ޖެރެމީ ކޯބިން ވިދާޅުވެއްޖެ އެވެ.

ކޯބިން ވިދާޅުވީ ސައުދީގެ ސިފައިން ދަނީ ޔަމަނުގެ ހޫތީންނާ ހަނގުރާމަ ކުރުމުގެ ނަމުގައި އާންމުން މަރަމުން ކަމަށެވެ. އަދި މި ގަތުލު އާންމުގައި ބޭނުން ކުރަނީ އިނގިރޭސިވިލާތުން ވިއްކާފައިވާ ހަތިޔާރު ބޭނުން ކޮށްގެން ކަމަށެވެ. އެހެން ކަމުން އެއީ އިނގިރޭސިވިލާތުން ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ކޯބިން ވަނީ ވިދާޅުވެފަ އެވެ.

ކެމްޕޭން ނިންމާލުމުގެ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ކޯބިން ވިދާޅުވީ، އިތުރު ވިސްނުމަކުން ވިސްނާނަމަ ސައުދީއަށް ހަތިޔާރު ނުވިއްކާނަމަ ގައުމުގެ އިގްތިސޯދު ހީނަރު ވެގެންދާނެ ކަމަށެވެ. އެހެންކަމުން ސައުދީއަށް ހަތިޔާރު ވިއްކިޔަސް ވިއްކާނީ ޔަމަނަށް ދޭ ހަމަލާތައް ހުއްޓާލަން ޝަރުތު ކުރުމަށް ފަހުގައި ކަމަށެވެ. އަދި އެ ޝަރުތުތަކާ ހިލާފުވެ ސައުދީން ޔަމަނަށް ހަމަލާ ދީފިނަމަ ވަގުތުން ވަގުތަށް ސައުދީއަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޯބިން ވިދާޅުވީ، އިދިކޮޅު މެޖޯރިޓީގައި ހަތިޔާރު ވިއްކުމާއި މެދު ދެވަނަ ވިސްނުމަކާމެދު ދަނީ ހަމައެކަނި ސައުދީއާއެކު ނޫން ކަމަށެވެ. ސައުދީއާއެކު އިޒްރޭލަށް ހަތިޔާރު ވިއްކުމާމެދު ވެސް ވިސްނުން ބަދަލު ކުރާނެ ކަމަށެވެ. ކޯބިން ވިދާޅުވީ، އިޒްރޭލު ސިފައިން ވެސް ދަނީ ގަދަބާރުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެވެ އާންމުން މަރަމުން ކަމަށެވެ. އޭނާ ވިދާޅުވީ، އިނގިރޭސިވިލާތަކީ އިންސާނީ ހައްގުތަށް ކަށަވަރު ކޮށްދޭ ގައުމެއް ކަމަށާއި، އެހެންކަމުން އެހެން ގައުމުތަކުގެ މީހުންގެ ވެސް އިންސާނީ ހައްގު ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.

ސިޔާސަތުތަށް އާންމު ކުރަމުން ކޯބިން ވިދާޅުވީ، އިދިކޮޅުން މަސައްކަތް ކުރާނީ، މެދު އިރުމައްޗަށް އަމާންކަން ގެނެސް ހުރިހާ ހަނގުރާމަތަށް ނިމުމަކަށް ގެންނަން ކަމަށެވެ. އަދި މެދު އިރުމަތީގެ އިގްތިސޯދު ރަނގަޅުކޮށް އެގައުމުތަކަކީ ވެސް ދުނިޔޭގެ ލާބައައްޓަކައި މަސައްކަތް ކުރެވޭ އިގްތިސޯދެއް އޮންނަ ގައުމަކަށް ހަނދަން މަސައްކަތް ކުރާނެ ކަމަށެވެ.

އާންމު އިންތިހާބާ ދިމާކޮށް ނަގާފައިވާ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އިދިކޮޅު ޕާޓީތަށް ބަލިވެ، އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ކޮންޒަވޭޓިވް ޕާޓީއިންނެވެ.