ދިވެހި ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށްޓަށް ވޭނެއްގައި ވަދެ އިންޒާރެއް ދިން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ގައުމީ ދިފާއީ ބާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު 18 ގައި "ސީ" އަކުރުގެ ހިމެނެ ނަމްބަރު ޕްލޭޓެއް ޖަހާފައިވާ ވޭނެއް ބަންޑާރަ ކޮއްޓަށް ވަނުމާއެކު ހުއްޓުވާފައިވާ ކަމަށާއި އެ ވޭންް ދުއްވަން އިނީ ބިދޭސީއެއް ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިއަދުގެ މާހައުލުން އެއްވެސް ގޮތަކަށް ޝައްކު ކުރެވޭ ފަދަ އެއްވެސް ބާވަތެއްގެ ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެ ނަމަ ސަލާމަތީ ބާރުތަކަށް ލަސް ކުރުމެއް ނެތި އެންގުމަ ހަނދުމަށްކޮށް އަރުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިފަދސަ ބަޔާނެއް މިއަދު ނެރުނު ސިފައިންގެ ވެހިކަލެއްގެ ފަހަތުން ވޭނެއް ސިފައިންގެ ތޭރެއަށް ވަނތް ހާދިސާ ހިނގާފައި ވަނީ މީގެ ދެހަފުތާއެއްހާ ދުވަސް ކުރިންނެވެ.
މާލޭގައި ހުންނަ ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮޓަކީ އެންމެ ވަރުގަދައަށް ސަލާމާތީ ފިޔަވަޅުތައް އަޅާފައިވާ މަރުކަޒެވެ. އެ މަރުކަޒަށް މިގޮތަށް ވެހިކަލެއްގައި ވަން މިއީ ފުރަތަމަ ފަހަރެވެ. މި މައްސަލައާ ގުޅިގެން ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.