ހަބަރު

ހެލްތް މިނިސްޓްރީ ހިންގުން އިސްލާމިކް މިނިސްޓަރު ޝަހީމާ ހަވާލު ކުރައްވައިފި

ހެލްތް މިނިސްޓްރީ ހިންގެވުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާ ވަގުތީ ގޮތުން ހަވާލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.

ހެލްތް މިނިސްޓްރީ ހިންގެވުން ޝަހީމާ މިއަދު ހަވާލު ކުރެއްވީ އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނިކޮށެވެ. ހެލްތް މިނިސްޓަރަކަށް ހުންނެވި މަރިޔަމް ޝަކީލާގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އޭނާ މަގާމުން ވަކިކުރި ފަހުން މިއަދާ ހަމައަށް ވެސް އެ މަގާމު އޮތީ ހުސްކޮށެވެ. އޭގެ ފަހުން އެ މިނިސްޓްރީ ހިންގަމުން ގެންދެވީ މިނިސްޓަރު ނާޒިމެވެ.

ނާޒިމް ރާއްޖެ ބޭރުގައި ހުންނެވުމުން ޑިފެންސް މިނިސްޓްރީ ހިންގެވުމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ހަވާލު ކުރައްވައިފަ އެވެ.