މާރާމާރީ ހިންގުން

ފަށެއް ވިއްކަން ގެއަކަށް ވަން މީހެއްގެ ބޯ ފަޅާލައިފި

Dec 2, 2019
1

ފަށެއް ވިއްކަން މާލޭގެ ގެއަކަށް ވަން މީހަކަށް ހަމަލާ ދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން މިރޭ ބުނީ މިއަދު މެންދުރު ފަހު 3:16 އަހާކަންހާއިރު ގަލޮޅުގެ ގެއެއްގެ ތެރޭ ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމަށާއި އެ މާރާމާތީގައި އެކަކުގެ ބޯ ފަޅާލާފައިވާ ކަމަށެވެ.

މި އަދުގެ އެ މާރާމާރީ އައިސްފައި ވަނީ ދެ މީހަކު ފަށެއް ވިއްކަން އެ ގެއަށް ވަދެ އުޅުމުގެ ތެރޭ ހިންގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި އެ ގޭގެގެ މީހަކު، ފަށް ވައްކަން އުޅުނު މީހާގެ ބޮލުގައި ފިހިގަނޑަކުން ޖަހާ ބޯ ފަޅާލީ އެވެ.

ދިވެހި އެ މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައެވެ، އޭނާގެ ހާލު ގޯހެއް ނޫނެވެ. މި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

ޒަހަމްވި މީހާ ވިއްކަން އުޅުނީ ކޮން ކަހަލަ ފަށެއް ކަމެއް އެއީ ކިހިނެއް ހޯދައިގެން އުޅުނު ފަށެއް ކަމެއް ފުލުހުން ސާފުކޮށް ދީފައެއް ނުވެއެވެ.